މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ނޮޅިވަރަންފަރު

184 Stories filed
ނޮޅިވަރަންފަރުން ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުން ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ނޮޅިވަރަންފަރުން ދޫކުރުމަށް ހަމަޖެހިފައިވާ އަށް ހައުސިން ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ލިސްޓް އާންމުކޮށް، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިފެށޭ މާރިޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާއެއް ސާފުވާނެ ހުށަހަޅަން ނޮޅިވަރަންފަރު ކައުންސިލުން އެދެއެވެ. މިގޮތަށް ޝަކުވާ ހުށަހަޅ...

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން އެ ރަށުގައި ގިރާއަތު ކޯސްތަކެއް ހިންގަނީ
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން އެ ރަށުގައި ގިރާއަތު ކޯސްތަކެއް ހިންގަނީ

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިޤްރައު އިންސްޓިޓިއުޓް ގުޅިގެން އެ ރަށުގައި ޤިރާއަތު ތިން ލެވެލްއެއްގެ ކޯސްތަކެއް ހިންގަން ނިންމައި ބައިވެރިން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިގޮތުން ޤިރާއަތު ލެވެލް 1، 2، 3 ހިންގުމަށް ހަމަޖެހިފައިވާއިރު މި ތިން ކޯހަކީ ވެސް އެމްކިއުއޭ އެޕްރޫވް ކޯސްތަކެއް ކަމުގައި އެ ކޮމެޓީން ވަނީ ހާމަ ކޮށްފައެވެ. އެ ކޮމެޓީން މި ތިން ކޯހުގައި ބައިވެރި ވުމަށް ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިޢުލާނުގައި މި ކޯސްތަކަށް […]

ފާއިތުވި އަހަރު ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ވަނީ ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައި
Thiladhunmathi News

ފާއިތުވި އަހަރު ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ވަނީ ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ހާމަ ކޮށްފިއެވެ. އެ ކޮމެޓީން ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދެ ޖިންސަށް ހުޅުވާލައިގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމާއި، އެ ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކާއި ބައްދަލ...

ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ނޮޅިވަރަންފަރުން ހޫނު މަރުޙަބާއެއް
Thiladhunmathi News

ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ނޮޅިވަރަންފަރުން ހޫނު މަރުޙަބާއެއް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަންފަރަށް ގެންދެވިފައިވާއިރު އެރަށުން ހޫނު މަރުޙަބާއެއްކިޔައިފިއެވެ. ނޮޅިވަރަންފަރަކީ މި ދަންމަރު ގެންދެވުމުގެ ޝަރަފްލިބުނު އަތޮޅުތަކުގެ ފުރަތަމަ ރަށެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަންފަރަށް ގެންދިޔައީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ. އެ ހަރަކާތަށް ނޮޅިވަރަންފަރު ރައްޔި...

ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެރަށު ޕްރީސްކޫލް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދިލައްވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2022 ޖަނަވަރީ 09 ވާ އާދިއްތަ ދުވަހުގ...

"ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ" ގައި ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް
Thiladhunmathi News

"ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ" ގައި ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް

ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ” ގައި ހދ. ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލް ޕްރިންސިޕަލް އަލީ އަހްމަދު ވިދާޅުވީ ޕާލޭ އިން ކުރިއަަށް ގެންދާ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް […]

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ނިންމާލައިފި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހުގެ ނިންމުމުގެ ރަސްމިއަޔާތު 16 ޑިސެމްބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ދެ ކަނބަލުންނެވެ. 20 ނޮވެމްބަރ 2021 އިން ފެށިގެން 15 ޑިސެމްބަރ 2021 ގެ ނިޔަލަށް ނޮޅިވަރަންފަރުގައި […]

ނޮޅިވަރަންފަރު ކައުންސިލް މުވައްޒަފަކު ޕޮޒިޓިވްވެ، ޚިދުމަތްތަކަށް ބުރޫ އަރައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް މުވައްޒަފަކު ޕޮޒިޓިވްވެ، ޚިދުމަތްތަކަށް ބުރޫ އަރައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އާންމު ރައްޔިތުން އެ އިދާރާއަށް ގޮސްގެން ހޯދާ ޚިދުމަތްތައް ފޯރުކޮށްދިނުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމަންޖެހުނީ، ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ އިދާރާގެ މުވައްޒަފުންގެ ތެރޭގައި ބަލިއޮތް މިންވަރު ދެނެގަތުމަށް ބޭނުންވާތީ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ކައުންސިލް އިދާރާއަށް މިވަގުތު މުވައްޒަފުންގެ ދަތިކަން...

ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ތަކާއި ގުޅިގެން ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެކައުންސިލުން ފާހަގަ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ނޮޅިވަރަންފަރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ސިއްޚީ މަރުކަޒަށް ދިމާވެފަ...

ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ނޮޅިވަރަންފަރު ކައުންސިލް ކަޕް 2021” ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ. އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބުރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ދެޑިވިޝަންއަކަށް ބަހާލެވިގެން ކަމަށެވެ. ކޮންމެ ޑިވިޝަންއަކުން (އަންހެން/ ފިރިހެން) މަދުވެގެން 3 ޓީމް ބައިވެރިވާން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފ...

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...

ނޮޅިވަރަންފަރު ޑަބްލިއުޑީސީން އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޑަބްލިއުޑީސީން އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފަށާފައި ވަނީ 20 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ކޯހުގައި ނޮޅިވަރަންފަރު ކަނބަލުންގެ ތެރެއިން 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް އިންސްޓްރަކްޓަރ ހަމަޖައްސައި ދެއްވައި އެފަރާތަށް ދޭންޖެހޭ އުޖޫރައާއި ކޯހަށް ބޭނުންވާ ބައެއް ތަކެތި ހަމަޖައްސަވައި...

ކޮޅިގަނޑެއްގައި ޖެހި ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފި، 2 ކުޑަކުދިން ތިބި
Thiladhunmathi News

ކޮޅިގަނޑެއްގައި ޖެހި ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފި، 2 ކުޑަކުދިން ތިބި

މަހަށް ނުކުމެއުޅުނު ހދ. ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ ބަނޑުން ޖަހާލާފައި ވަނީ ނޮޅިވަރަމާއި، ނޮޅިވަރަންފަރާއި ދެރަށް ދޭތެރެއަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއް ކަމަށެވެ. ޑިންގީ ބަންޑުން ޖަހާލަން މެދުވެރިވީ އައި ވިލާގަނޑެއްގައި ޖެހި، ޑިންގީއަށް ރާޅެއް އަރައިގެންނެވެ. މި ހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރ...

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ކުރިއަށް ގެނދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ކުރިއަށް ގެނދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނޮޅިވަރަންފަރު ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ވޯކްޝޮޕްގައި ބައިވެރިންނަށް ޖަނާޒާގެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫ...

ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުވައްޒަފުން ވެގެން 67،202 ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިއީ އެއްފަހަރު ބޭނުން ކުރުމަށްފަހު އެރަށުގެ އެކިތަންތަނަށް ދޫކޮށްލާފައި ހުރި ޕްލާސްޓިކް ފުޅިއެވެ. މި ފުޅިތައް ރިސައިކަލް ކުރުމަށް ހަވާލުކުރާނީ ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާ އެވެ. މިއީ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ”ގެ ދަށުން އެ ސްކޫލުން މިޒާތުގެ ޕްލާސްޓިކްފުޅި އެއްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ބުރުގައި ވަނީ 1.26 ޓަނު ޕްލާސްޓިކް އެއްކޮށްފަ...