ހދ. ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެރަށު ޕްރީސްކޫލް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދިލައްވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2022 ޖަނަވަރީ 09 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ގަޑިޖެހިގެން ޙާޞިރުވާ ފަރާތްތަކަށް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ދަށުން ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް ފުރުސަތު ދެވިގެން ނުދާނެ ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ.