ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ނޮޅިވަރަންފަރު ކައުންސިލް ކަޕް 2021" ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބުރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ދެޑިވިޝަންއަކަށް ބަހާލެވިގެން ކަމަށެވެ.

Ad
rt

ކޮންމެ ޑިވިޝަންއަކުން (އަންހެން/ ފިރިހެން) މަދުވެގެން 3 ޓީމް ބައިވެރިވާން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ވަނީ މިހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ޓީމް ލިސްޓް ފުރިހަމަ ފުރިހަމަ ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި ލިސްޓާއި އެކު އައިޑީ ކާޑުގެ ކޮޕީ ވެސް ހުށައަޅަންޖެހެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މި މުބާރާތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 9880899 ނުވަތަ 9776666 އާ ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.