ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ" ގައި ހދ. ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލް ޕްރިންސިޕަލް އަލީ އަހްމަދު ވިދާޅުވީ ޕާލޭ އިން ކުރިއަަށް ގެންދާ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް ހޮވިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިއަހަރު ފެށުނީއްސުރެ މިހާތަނަށް 135267 ފުޅި އެއްކޮށް ޕާލޭ އާއި ހަވާލުކޮށްފައިވާނެ ކަމަށް އަލީ ވިދާޅުވިއެވެ. އެގޮތުން މި ފުޅި އެއްކުރުމުގެ އިތުރަށް ޕޮއިންޓްސް ގިނަ ކުރުމުގެ ގޮތުން އެ ސްކޫލްގެ އެންވަރމެންޓް ކްލަބްގެ ފަރާތުން ޕްލާސްޓިކް ރިސައިކްލިން ހަރާކަތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ.

އޭގެ ތެރޭގައި ބައެއް ބާވަތްތަކުގެ ޕްލާސްޓިކުން ހަދާފައިވާ ތަކެތި ސްކޫލްއަށް ވެއްދުން މަނާ ކުރުމާއި ސްކޫލްގައި ޕްލާސްޓިކް އޯޑިޓް ހިންގުމާއި ގަސް އިންދުމާއި ސްކޫލްގެ އެކްޓިވިޓީސްތައް ޕްލާސްޓިކް ފްރީ އިވެންޓް މޮޑެލްއަށް ގެންދިއުމާއި އަދި އޯޝަންސް އެވެއާނެސް ޕްރޮގްރާމްތައް ހިމެނެއެވެ.

ނޮޅިވަރަންފަރު ސްކޫލުން ޕާލޭއާއި ހަވާލުކުރަން 67 ހާހަށްވުރެ ގިނަ ޕްލާސްޓިކްފުޅި އެއްކޮށްފި

ނޮޅިވަރަންފަރު ސްކޫލްގައި ޕްލާސްޓިކް ފްރީކޮށް ހިންގުނު ހަރާކާތެއްގެ ތެރެއިންކޮށްފައިވާ މަސައްކަތެއް

މި އަހަރުގެ އޮކްޓޯބަރ މަހު އެ ސްކޫލްއިން ވަނީ 67202 ޕްލާސްޓިކް ފުޅި އެއްކޮށް ޕާލޭ އާ ހަވާލުކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެ ސްކޫލްއިން ވަނީ 1.26 ޓަނުގެ ފުޅި ޕާލޭ އާ ހަވާލުކޮށްފައެވެ.

ނޮޅިވަރަންފަރު ސްކޫލް އިން ފާހަގަ ކުރާ ގޮތުގައި މި ހަަރާކާތް ކުރިއަށް ގެންދިއުމުގައި ދިމާވި އެންމެ ބޮޑު ދަތިކަމަކީ ޕްލާސްޓިކް ފުޅިތައް އަޅާފައިވާ ޖަމްބޯތައް ސްކޫލްގައި ބަހައްޓާނެ ޖާގަ ނެތުމާއި ކޮތަޅުތައް މާލެ ފޮނުވުމުގައި ކުރިމަތިވާ ދަތިތަކެވެ.

ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި

ޕްލާސްޓިކް ފްރީކޮށް ނޮޅިވަރަންފަރު ސްކޫލްގައި ހިންގުނު ހަރަކާތެއްގެ ތެރެއިން

މީގެ އިތުރުން ކާމިޔާބު ކަމާއިއެކު މި ހަރަކާތް ނިންމާލެވިފައިވަނީ ސްކޫލްގެ ސްޓާފުން، ޕީޓީއޭ، ބެލެނިވެރިން އަދި ދަރިވަރުންގެ މިންނަތް މަސައްކަތުންކަން ފާހަގަ ކޮށް އެ ސްކޫލް އިން ވަނީ އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ޕްލާސްޓިކް ފުޅިތައް އަޅާފައިވާ ޖަމްބޯތައް މާލެ ގެންދިއުމުގައި އެހީތެރިވެފައިވާ އެރަށުގެ ނޮޅިއެސްކޭޕް ގެސްޓް ހައުސް އަދި އާލިރާ ޕްރައިވެޓް ލިމިޓެޑްއަށް ވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ނޮޅިވަރަންފަރު ސްކޫލްއިން ވަނީ މިއަންނަ އަހަރުގެ މި ޕްރޮގްރާމަށް ބޮޑު ޓާގެޓް އަކާއިއެކު މިހާރުން ފެށިގެން ތައްޔާރު ވަމުންދާ ކަމަށް ފާހަގަ ކުރައްވާފައެވެ.