ނަޞްރުގެ ދުވަހާއި ގުޅުވައިގެން ނޮޅިވަރަންފަރު އަންހެނުންގެ ކޮމިޓީން ކަނބަލުންނަށް ޚާއްޞަ ފޮޓޯ ޗެލެންޖެއް
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ފޮޓޯ ނެގުމުގެ ޗެލެންޖެއް ބާއްވަން ނިންމައިފިއެވެ. އެ ކޮމިޓީން ވިދާޅުވީ މި ފޮޓޯ ޗެލެންޖަކީ އަންހެން ކަނބަލުންނަށް ޚާއްސަ ކޮށްގެން ބާއްވާ ފޮޓޯ ޗެލެންޖެއް ކަމަށެވެ. މި ޗެލެންޖްގައި ފޮޓޯ ނަގަންޖެހެނީ “ނަޞްރުގެ ދުވަސް” މި ތީމް އާއި ގުޅުވައިގެންނެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެންމެ ފޮޓޯ އެކެވެ. އަދި ފޮޓޯ ހުށަހަޅާއިރު ހުންނަންވާނީ ‘ޖޭޕީޖީ’ ނުވަތަ ‘ޕީއެންޖީ’ ފައިލް […]