ހދ.ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
"ދީނީ ސުވާލު މުބާރާތް 1446" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 10:30 ގެ ކުރިން ސަބްމިޓް ކުރަން ޖެހެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން، ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!