ނޭޝަނަލް ހޭންޑްބޯލް ޓީމުގެ ޕްރެކްޓިސްތައް ރޭގަނޑު ކުރިޔަށް ގެންދިނުމަށްޓަކައި ކުޅުދުއްފުށީ ހޭންޑްބޯލް ކޯޓުގައި ލައިޓްތައް ޖަހައި ނިންމާލައިފިއެވެ.

ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް، (ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025) ކުޅުދުއްފުށީގައި ބޭއްވުމަށްޓަކައި މަސައްކަތްކުރަމުން އަންނަ އިރު އެންމެ ފެންވަރުގައި ޕްރެކްޓިސްތައް ބޭއްވުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad
rt

އެގޮތުން ލައިޓްތައް ޖަހާ ނިންމުމަށްފަހު، ރޭގަނޑުގެ ފުރަތަމަ ޕްރެކްޓިސް ވަނީ ރޭގަ ކުރިއަށް ގެންގޮސްފައެވެ.

ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ކޮށްދެއްވި ޕަބްލިކްވޯކްސް ގެ ޔުނިޓްގެ މުވައްޒަފުންނަށާއި، ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް އަދި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުން އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާތީ ކުޅުދުއްފުށީ ސިޓީކައުންސިލުން ވަނީ "އެކްސް" ގެ ޕޯސްޓެއް މެދުވެރިކޮށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.