ކުޅުދުއްފުށި ސިޓީގައި ސްކޭޓް ކުރުމަށް ޝައުޤުވެރިވާ ކުދިންނަށް ހާއްސަކޮށްގެން ސްކޭޓް ބޯޑް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމަށް ފުރުސަތު ހުޅުވާލައި ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި ޕްރޮގްރާމަށް ޝައުޤުވެރިވާ 8 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރ ވާ ތަރުތީބުން، އެންމެ ފުރަތަމަ ރަޖިސްޓަރވާ 30 ކުދިންނަށެވެ.

Ad
rt

ރަޖިސްޓަރ ވުމަށް އެދި ގޫގުލް ލިންކް މެދުވެރިކޮށް 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަން ނޯޓުކޮށް، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527122 އަށް ގުޅުއްވުމަށް އިއުލާންކޮށްފައިވެއެވެ.

ޓްރެއިނިން ޕްރޮގްރާމް ހިނގުމަށް ހަމަޖެހިފައިވަނި 11 އޭޕްރީލް 2025 އިން 13 އޭޕްރީލް 2025 ގެ ނިޔަލަށެވެ.

ކުޅުދުއްފުށިގައި ފަހުން ތަރައްޤީ ކުރި ސްކޭޓް ޕާކުގައި ގިނަ އަދަދެއްގެ ކުދިން ސްކޭޓް ކުރުމަށް ދަސްކުރަންދާއިރު މި ޕްރޮގްރާމްގައި ބައިވެރިވެ އުނގެނުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ އެކުދިންނަށް ލިބޭނެ އުފަލެއްކަން ޔަގީނެވެ.