އައިސް ޓީވީ އިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށީ ސިޓީއަށް ހާއްސަކޮށް ކެއްކުމުގެ ޕްރޮގްރާމެއް އުފައްދަން ނިންމައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު، އައިސްޓީވީން ބުނިގޮތުގައި މި ޕްރޮގްރާމް އުފައްދަން ނިންމާފައި ވަނީ "ފްލޭވާރސް ބައި މުމީތު" ގެ ނަމުގައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގައި މި ޕްރޮގްރާމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަމާނީ އަބްދުލް ރައްޒާގު ''ތިލަދުން'' އަށް މައުލޫމާތުދިން ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީ ސިޓީ ގެ ޒަމާނީ ކެއުންތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ. އަދި މިވަގުތު ބޮޑަށް އިސްކަން ދޭނީ ކުޅުދުއްފުއްޓަށް ހާއްސަ ކަންތައްތައް ހިއްސާ ކުރެވޭނެ މީހުންނަށްކަމަށް އަމާނީ ބުނެފަވެއެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތާއި ދިވެހި ކެއުން ތައްޔާރު ކުރުމަށް އިސްކަން ދެވޭނެ ކަމަށް ވެސް އަމާނިީ ބުނެފައި ވެއެވެ.

ފެބްރުއަރީ 12 ގައި މި ޕްރޮގްރާމްގެ ޝޫޓިން ފެށިފައި ވާއިރު މި މަހުގެ 19 އާ ހަމަ އަށް ޝޫޓިން ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.