ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދުގެ އިތުރުން ދައުލަތުގެ ވެރިންނެވެ. ރައީސް އަށް މަރުޙަބާ ދެންނެވުމުގައި ނައިބު ރައީސް ހު...