އުތީމަށް ނަފާވެރިކަން ހޯދައިދިނުމަށް ކައުންސިލުން ''އުތީމު ޓުއަރ'' ފަށައިފި
ހއ. އުތީމަށް ނަފާވެރިކަން ހޯދައިދިނުމުގެ މަޤްޞަދުގައި އެރަށު ކައުންސިލުން ”އުތީމު ޓުއަރ” ފަށައިފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް މިއަދު ވިދާޅުވީ، ”އުތީމު ޓުއަރ” އަކީ އުތީމު ކައުންސިލާއި ރައްޔިތުންނަށް ނަފާވެރިކަން ހޯދައިދީ އުތީމަށް ޒިޔާރަތް ކުރާ މީހުންގެ ފުށުން އުތީމުގެ އިގްތިސޯދަށް އިތުރު ފަހިކަން ހޯދައިދިނުމަށް ފެށި ކަމެއްކަމަށެވެ. މިގޮތުން މިޓުއަރ އިއްޔެ ފަށާފައިވާއިރު، އުތީމު ޓުއަރ ފެށީ ހއ. މަނަފަރު ރިސޯޓުން އިއްޔެ އުތީމަށް ޒިޔާރަތްކުރި 18 ފަތުރުވެރިންނަށް ދިނ...