ހއ. އުތީމުގައި ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.

އުތީމު ކައުންސިލުން ބުނިގޮތުގައި އެކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުން އުތީމުގައި ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް އެ ކައުންސިލުން ބުންޏެވެ.

Ad
rt

މީގެ އިތުރުން ވީއެންމެ އަވަހަކަށް ވަގުތީ މިސްކިތުގެ މަސައްކަތް ފަށްޓަވައި ދެއްވުމުގެ އިތުރުން އެމިނިސްޓްރީގެ ބެލެމުގެ ދަށުންކުރާ އެހެނިހެން މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެކަމަށް އެ ކައުންސިލުން ބުންޏެވެ.

އުތީމުގައި އިސްލާމީ މަރުކަޒެއް އަޅަން ނިންމާފައި ވަނީ އެރަށުގެ ''އުތީމު ބަންޑާރައިންގެ މިސްކިތް'' މިހާރު ހުރިތަނުގައެވެ.

އުތީމުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ކުރިން ވެސް އޮތީ ބަޔަކާއި ހަވާލުކޮށްފައެވެ. އުތީމު ބަންޑާރައިންގެ މިސްކިތް ހުރިތަނުގައި އިސްލާމީ މަރުކަޒެއް އަޅަން ނިންމާފައި ވަނީ އައު މިސްކިތަކާއެކުގައެވެ.

އުތީމު ބަންޑާރައިންގެ މިސްކިތް އިސްލާމީ މަރުކަޒަކާއެކު އަލަން އަޅަން ނިންމާފައިވާތީ، އެ މިސްކިތް ހުރިތަނާއި ކައިރީ ހުސް ބިމެއް އެރަށުގައި ވަގުތީ މިސްކިތެއް އެޅުމަށް ވަނީ ނިންމާފައެވެ.