ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ހއ. އުތީމު ޑަބްލިޔުޑީސީގެ ރައީސްގެ މަގާމަށް ކުރިމަތިލި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އައިޝަތު ޒަބީނާ އަށް ގޮނޑި ކަށަވަރުވެއްޖެއެވެ.

ޒަބީނާ އަށް ގޮނޑި ކަށަވަރުވެފައި ވާތީ އުތީމު އެ ދާއިރާ އަކަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވެސް ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން ޒަބީނާގެ އިތުރުން އުތީމު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ވެސް ޕީއެންސީ އަށް ވަނީ ކަށަވަރުވެފައެވެ. އުތީމު ކައުންސިލްގެ ގޮނޑި ކާމިޔާބުވީ ހަތަރު ވަނަ ދައުރަށް އެ މަގާމު ދިފާއުކުރައްވާ މިހާރުގެ ވެސް ރައީސް ޢަބުދުﷲ ރަޝީދަށެވެ.

މީގެ އިތުރުން ބާރަށު ރަށު ކައުންސިލް ގޮނޑިވެސް ވަނީ ޕީއެންސީ އަށް ކަށަވަރުވެފައެވެ. ބާރަށު ރަށު ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބުވީ މިވަގުތު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނެވި ޢަލީ ސަމީމަށެވެ.