އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަސް ލެޕްޓޮޕް ވަގަށްނެގި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގާފައިވާކަމަށް އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ލެޕްޓޮޕްތައް ވަގަށް ނަގާފައި ވަނީ ފަރުކޮޅުގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ. ”ސަސްޕެކްޓް މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި” ފުލުހު...