އައިޖީއެމްއެޗް ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، 21 ޑިސެމްބަރު 2024 ވީ، ހޮނިހިރު ދުވަހު 16:00 ހާއިރު، އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މައްސަލައެއް ބަލަމުން އަންނަކަމަށެވެ.
މިމައްސަލައިގައި މުޙައްމަދު ރަޒީން ( 48 އަހަރު) މ.ސްޓަރ، ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ރަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފައެވެ.
މިމައްސަލަ ތަހުގީގްކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!