''ސައިބަރ އެކްސްޕޯ 2024'' ބޭއްވުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޕާޓްނަރުންނާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ފުލުހުން ސޮއިކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް އިސްލާމިކް ބެންކް އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ޓެދިރާގު އަދި ޕާކްސައިޑް އާއި އެކުގައެވެ.

Ad
rt

އެމްޓީސީ އަކީ މި އެކްސްޕޯގެ ބްރޯންޒް ޕާޓްނަރ އެވެ. މޯލްޑިވްސް އިސްލާމިކް ބެންކް އަކީ ބޭންކިންގ ޕާޓްނަރ އެވެ. ޕީއެސްއެމް އަކީ މީޑިއާ ޕާޓްނަރ އެވެ. ދިރާގަކީ ޓެލެކޮމިއުނިކޭޝަން ޕާޓްނަރ އެވެ. އަދި ކޭޓަރިންގ ޕާޓްނަރ އަކީ ޕާކްސައިޑް އެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެކްސްޕޯކު ޕާޓްނަރުންނާއެކު ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ މި ޑިސެމްބަރު މަހުގެ 10 އިން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ސައިބަރ އެކްސްޕޯ ކުރިއަށް ގެންދަނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެންނެވެ.