ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަސް ލެޕްޓޮޕް ވަގަށްނެގި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގާފައިވާކަމަށް އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ލެޕްޓޮޕްތައް ވަގަށް ނަގާފައި ވަނީ ފަރުކޮޅުގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ.
''ސަސްޕެކްޓް މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި'' ފުލުހުން ބުނެފަވެއެވެ.
އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައި މިވަނީ އެކުންފުނީގެ ކުރީގެ ވެރީންތަކެއްގެ މައްޗަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެ ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިފަދަ ތުހުމަތެއް ފެންމަތިވުމުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އިސްތިއުފާދެއްވާފައިވާއިރު، ކުންފުނީގެ އިސް މުވައްޒަފުންތަކެއް ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!