ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި، އޭނާގެ ފޯނު ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ހިނގި މި ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 4 ޑިސެމްބަރު ވަނަ ދުވަހުއެވެ.

Ad
rt

އަނިޔާ ލިބުނު ބިދޭސީ މީހާއަށް ވަނީ އެޗް16 ކްލިނިކްގައި ފަރުވާދީފައިވާއިރު، އޭނާ ވަނީ މިހާރު ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން، ވަޅިން ހަމަލާދީ ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. މާރަންދޫ / އުތުރުގެ، އިބްރާހިމް މުޙައްމަދު (40 އަހަރު) އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން ތަޙުޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.