ނިޔާވެފައި އޮތް މީހަކު ހުޅުމާލެ ފަޅު ތެރެއިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.

Ad
rt

އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއީ ފިރިހެނެކެވެ. ނަމަވެސް އެއީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމެއް ފުލުހުން ނުބުނެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ވެސް، ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ތޮށީގެ ބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އަނިޔާވެފައި ވަނީ އެމީހާގެ ބޮލަށެވެ. އަދި އެމީހާގެ ބޮލަށް އަނިޔާ ވެފައި ވަނީ އުޅަނދެއްގައި ޖެހިގެންކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެދުވަހު ވަނީ ނިޔާވެފައެވެ.