ސަރުކާރުން ހިންގާ ‘’ބިންވެރިޔާ ސްކީމް’’ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)ން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމް ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

Ad
rt

އެހެންވެ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ހާމަކުރިއިރު، ގޯތީގެ ރަޖިސްޓަރީ ފޯޖްކޮށްގެން އެޗްޑީސީން ރަޖިސްޓަރީ ހައްދައިދީފައިވާކަމަށް ބުނާ ލިޔުމެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.