މާލޭގައި ހުންނަ "ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
12 ޑިސެމްބަރު 2024 ގައި މާލޭ ހަވީރީ ހިނގުމުގައި ހުންނަ މި ކެފޭ އަށް ބަޔަކު ވަނީ ވަދެ ގެއްލުންދީފައެވެ.
ފުލުހުން ބުނީ "ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ތައުފީޤް (31އ) ވައިލެޓްމާގެ/ގދ.ދެއްވަދޫ އަދި އަސަދުﷲ ޚާތިމް (44އ) މީޒާން، ބ.ތުޅާދޫ އެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ 16 ޑިސެމްބަރު 2024 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މިީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޟިރުކުރުމުން މިދެމީހުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!