މުސާރަ ނުދޭ ކަމަށް ބުނެ މުލިއާގެ ކައިރިއަށް އެއްވި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލިއާގެއާ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އެ ސަރަޙައްދަށް އެއްވި ބިދޭސީން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 17 މީހުންނެވެ.

މުސާރައިގެ މައްސަލާގައި މުލިއާގެ ކައިރިއަށް އެއްވި ބިދޭސީންނަކީ ކޮން ކުންފުނިތަކަކަށް ނުވަތަ ކުންފުންޏަކަށް ނިސްބަތްވާ ބަޔެއްކަން އަދި ސާފެއް ނުވެއެވެ.

ރާއްޖެ ގެންނަ މަސައްކަތު މީހުންނަށް މުސާރަ ނުދޭ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފަވެއެވެ.