މާލޭގެ ގެއެއްތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާލޭގެ ގުލާބީ މަގުގައި ހުރި ގެއެއްގައި މީހަކު ހޭނެތިފައި އޮތް ކަމަށް ރިޕޯޓް ލިބިގެން ފުލުހުން ސީނަށް އެޓެންވެފައިވާ ކަމަށެވެ.

Ad
rt

އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 53 އަހަރުގެ އަބުދުﷲ ހަސަން، މއ.ހުދުއަކިރި އެވެ.

އޭނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަށް ނެތްކަމަށް ވެސްހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.