މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ރަޖުނީއަށް ވިނަރެސް ފްލެޓު ލިބުނީ ރަނގަޅަށް: ފުލުހުން
Raajje

ރަޖުނީއަށް ވިނަރެސް ފްލެޓު ލިބުނީ ރަނގަޅަށް: ފުލުހުން

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓެއް ލިބިފައިވަނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިއަދު ނޫސްވެރިންގެ ވަޓްސްއެޕް ގުރޫޕުގައި ފުލުހުން ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ރަޖުނީއަށް ވިނަރެސް ފްލެޓެއް ލިބުމުގައި އުސޫލަކާ ޚިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތު ދިރާސާކޮށް ބެލުމުން، އެކަމުގައި މަސައްލައެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. މި މައްސަލަ ފުރަތަމަ ކުރިމަތ...

މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް
Raajje

މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ބުނީ، ހުޅުމާލޭ ނިރޮޅުމަގުން ދެކުނަށް އައި ކާރެއް، ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:05 ގައެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތް ޑޮކްޓަރަށް ދެއްކުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. މި މައްސ...

ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ޚިޔާނާތުގެ ތުހުމަތު، ތަޙުޤީޤު ކުރިއަށް
Raajje

ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ޚިޔާނާތުގެ ތުހުމަތު، ތަޙުޤީޤު ކުރިއަށް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގަމުން އަންނަކަން މިއަދު ހާމަކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ނޫސްވެރިޔަކު ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި ސުވާލަކާއި ގުޅިގެން ފުލުހުން ބުނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ މ...

43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި
Raajje

43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި

ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 43 ފުޅި ބަނގުރަލާއެކު 22 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި، އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި […]

އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ހުރިނަމަ ހިއްސާކުރަން އެދިއްޖެ
Raajje

އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ހުރިނަމަ ހިއްސާކުރަން އެދިއްޖެ

ހުޅުމާލޭ ފޭސް 2 ގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:50 އެހައިކަށްހާއިރު ހުޅުމާލޭ ފޭސް 2 ގެ ގުލްއަލާމަގާއި ނިރޮޅު މަގު ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގުލްއަލާމަގުން އިރުން ހުޅަނގަށް ދުއްވަމުން ދިޔަ ފުލުހުންގެ […]

ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ
Raajje

ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ....

ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް
Raajje

ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް

ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި ރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 12:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެއް ސައިކަލު އަނެއް ސައިކަލު އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި، ފަހަތުން އައި އަނެއް ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޖުމްލަ 5 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން […]

މޫކޭއާއި ޔާސިރު ފުރުން މަނާކޮށްފި
Raajje

މޫކޭއާއި ޔާސިރު ފުރުން މަނާކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ފުރުންމަނާކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާކުރުމުގެ އަމުރެއް ހޯދައި، ފުރުން މަނާކޮށް އެކަން އެ ދެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. މި ދެ ބޭފުޅުން ފުރުން މަނާކުރިއިރު، ނިމުނު އެމްޑީޕީގެ ސަރުކާރުގައި، އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ […]

ތިން ވުޒާރާއެއްގައި ރޯވުން: ތަހުގީގަށް ގެނައި އިންޑިއާގެ ޓީމު ފުރައިފި
Raajje

ތިން ވުޒާރާއެއްގައި ރޯވުން: ތަހުގީގަށް ގެނައި އިންޑިއާގެ ޓީމު ފުރައިފި

12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއްގައި އަލިފާން ރޯވި ހާދިސާގެ ތަހްގީގަށް ގެނައި އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ފުރައިފިއެވެ. ފުލުހުން މިއަދު ބުނީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، […]

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކާއި ދެ މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކާއި ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ގ. ސްވިންގ ކިޔާ ގެއެކެވެ. އެ ގެ ބަލައި ފާސްކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހައްޔަރުކޮށްފައިވަނީ މާލެ، މއ. ކޮޓްން...

އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި
Raajje

އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި

ހުޅުމާލޭ ފޭސް 2ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށާއި، އޭނާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 27 ޑިސެންބަރު 2024 ވަނަ ދުވަހު ދަންވަރު 01:50 އެހައިކަންހާއިރު ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި […]

އާރުޑީސީ ޚިޔާނާތާއި ގުޅިގެން ބަލާފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި
Raajje

އާރުޑީސީ ޚިޔާނާތާއި ގުޅިގެން ބަލާފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި

ކުރީގެ އެމްޑީޕީގެ ސަރުކާރުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ތެރޭގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ އިސްވެރިންނާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފިއެވެ. ފުލުހުން ރޭ ހާމަކުރި ގޮތުގައި، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި، އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންއާ ގުޅުންހުރި ދެ ތަނެއް […]

ޢަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސްކުރަން އަންގައިފި
Raajje

ޢަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސްކުރަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް، ދިވެހި ފުލުހުންގެ ޚިދުމަމަތަށް އިއްޔެ އަންގައިފިއެވެ. މިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އ...

އާ އަހަރާއި ދިމާކޮށް ޑްރަގްގެ ވިޔަފާރި އިތުރުވާނެކަމަށް ބެލެވޭތީ ހާއްސަ އޮޕަރޭޝަނެއް
Raajje

އާ އަހަރާއި ދިމާކޮށް ޑްރަގްގެ ވިޔަފާރި އިތުރުވާނެކަމަށް ބެލެވޭތީ ހާއްސަ އޮޕަރޭޝަނެއް

އާ އަހަރާއި ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމުގެ ބިރު އޮތުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ އާ އަހަރާއި ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް، ވިއްކުން އިތުރުވާނެކަމަށް ބެލެވޭތީ ޚާއްޞަ އޮޕަރޭޝަނެއް އެ އިދާރާއިން މިއަދު ވަނީ ފަށާފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި، މެރިން ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ކ.އަތޮޅު ޕޮލިސް ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް...

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންނަކީ: އިބ...