ގއ. ދާންދޫ މަގުމަތީގައި ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:10 ހާއިރު ގއ. ދާންދޫގައި، އެރަށު ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނު ކަމަށެވެ.
އެތަނަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ 33އ، އެވެ.
އޭނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެތަނާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!