ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ: އިމްރާން
ދިވެހި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއެކު، އެކަމުން އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް ބޭނުންކުރަން ފެށީ އިއްޔެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޒަމާނީ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހެދުމަށް، އެ މު...