މި ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުން ދަނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
88 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ ޚާއްޞަކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހުނަރާއި ގާބިލިކަން ބޭނުން ކޮށްގެން ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާ ތެކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށެވެ. އަދި 88 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ ޚާއްޞަކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހުނަރާއި ގާބިލިކަން ބޭނުން ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން މިގޮތަށް ވިދާޅުވިއިރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވެސް ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުމަށް ފުލުހުން މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫގައި ކުރިއަށްދާ އޮޕަރޭޝަން ކުރިއަށްދާ ވަރަކުން މިކަމާގުޅުންހުރި ބައިނަލްއަޤްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
މީގެއިތުރުން އިއްޔެ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ދިވެހި ފުލުހުންގެ މަސައްކަތާއި ދިވެހީންގެ އިންޓެލިޖެންސްއަށް ބިނާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަނުން ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޑުރަގް ޓްރެފިކް ކުރާ އެ ނެޓްވޯކު އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.
އެ ނެޓްވޯކުގެ ތިން މީހަކު މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެތައް ބިލިއަން ޕާކިސްތާން ރުޕީސަށް އަރާނެ ކަމަށް އެ ނޫސްތަކުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!