ޤަވާއިދުން ނުނެރޭ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކެއް އުވާލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނިންމައިފިއެވެ.

އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމާއި ބެހޭ ގަވާއިދުގައިވާ ގޮތަށް ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތައް ނުނެރޭނަމަ 28 ފެބްރުއަރީ 2022 ން ފެށިގެން އެނޫސްމަޖައްލާތައް ދަފްތަރުން އުނިކޮށް އުވާލާނެ ކަމަށެވެ.

Ad
rt

އެގޮތުން އެއިއުލާނުގައި މިފަދަ ނޫސްތަކުގެ ލިސްޓްވެސް ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރޯޅި
  • އަލިފުށި އޮންލައިން
  • މޯލްޑިވްސް އިންޑިޕެންޑެންޓް
  • ހެނދުނު
  • އެމްވީ ސްޕޯޓްސް. އެމް.ވީ
  • ސަރުކާރުގެ ޚަބަރު
  • އުދަރެސް އޮންލައިން
  • ފިޔެސް ނިއުސް
  • އޯގަ.އެމްވީ
  • އަށާރަ މީޑީއާ
  • މިއަދު ބިޒްނަސް ރިވިއު އޮންލައިން
  • ރީޑަރސް އަރކް
  • އައިލެންޑްނިއުސް
  • ޕެން އޮންލައިން
  • ވަތަން
  • އެޑިޔުކޭޓް ޕްރައިމް
  • ރެސްޓިނޭޝަން
  • އުތުރުޑޮޓްކޮމް
  • ކުރިނބީ ލައިވް
  • ހިތާދޫ އޮންލައިން
  • އެން ނިއުސް
  • ދިވެހި މެރީން
  • މެންދަން
  • ލުއި
  • މޭލުގާ
  • ނޫން އިންފޯ
  • އަސްލު ޕްރެސް
  • ރަން ރާއްޖެ
  • ބިޒްނަސް ޓައިމްސް
  • މީމް.އެމްވީ
  • އައިލެންޑް ޕްރެސް

ރާއްޖޭގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް، އެ ނޫސް މަޖައްލާތަކުގެ ދަފުތަރު ބެލެހެއްޓުމުގެ ކަންކަން ހިންގަމުން އަންނަނީ ހޯމް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުންނެވެ.