ބިޒްނަސް އާއި ސްޕެޝަލް ވިޒާ ގައި ރާއްޖޭ އައިސް، ވަރކް ވިޒާއަށް ބަދަލުކުރުން މަނާކޮށްފި
ބިޒްނަސް ވިޒާ އާއި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ‘ވަރކް ވިޒާ’ އަށް ބަދަލުނުވެވޭގޮތް ހަދައި، އެކަން އެގޮތަށް ކުރުން މަނާކޮށްފިއެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން ނިންމި މި ނިންމުމަށް ޢަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށެވެ. އެހެންކަމުން އެ ތާރީޚުން ފެށިގެން ބިޒްނަސް ވިޒާ ނުވަތަ ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ރ...