ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ލުއައްޔު ސަޢީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ގދ. ވާދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ލުއައްޔު ސަޢީދު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލްކުރައްވާފައެވެ.

Ad
d

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ އިންޓަރނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮޑިޓަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

އެ މިިސްޓްރީގައި މިހާރު ނައިބެއްގެ ގޮތުގައި ހުންނަވަނީ އަބޫބަކުރު ޢަބްދުލްކަރީމް އެވެ.

Ad
df

އެ މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރަކު ވެސް ތިއްބަވައެވެ. އެ ބޭފުޅުންނަކީ ޙަސަން ޝުޖާޢު، ޢަލީ ނަޛީރު އަދި މުޙައްމަދު މާހިރު ޢީސާ އެވެ.