ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން މިރޭ ފެށުމަށް ނިންމާފައިވާ "މިނިވަން އުފާ" ކާނިވާ ފަސްކޮށްފިއެވެ.

މި ކާނިވާ ފަސްކުރީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާގެ ސަބަބުންނެވެ.

Ad
d

ހޯމް މިނިސްޓްރީ އަދި އާބަންކޯ އިން ވިދާޅުވީ މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރު ވެފައިވާތީ، މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ނިންމި މިނިވަން އުފާ ކާނިވާ ހުޅުވުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތީން ކަމަށް ވެސް ވިދާޅުވެއެވެ.

މި ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް އެ ފަރާތްތަކުން ހާމަކުރައްވައެވެ.

ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވާ "މިނިވަން އުފާ" ކާނިވާ ބޭއްވުމަށް ކުރިންނިންމާފައިވަނީ މި ޖުލައި މަހުގެ 28 ން އޯގަސްޓު މަހުގެ 4 ގެ ނިޔަލަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމި، މި ކާނިވަލުގައި ކުޅިވަރާއި ކާބޯތަކެތީގެ ސްޓޯލްތައް ވަނީ ބައިވެރިކޮށްފައެވެ.

Ad
df

އެގޮތުން ކާބޯތަކެތި ވިއްކުމަށް 40 ސްޓޯލާއި ކުޅިވަރާއި ގުޅޭ 20 ސްޓޯލު ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.