އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވިދާޅުވިގޮތުގައި މިއީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢުއެވެ.

Ad
d

އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ކ.ތުލުސްދޫގައެވެ.

މިއަދު ބިންގާ އެޅީގެން ދިޔަ ފުލުހުންގެ އުމްރާނީ ތަރައްޤީގެ މަޝްރޫގައި ގއ. ވިލިގިއްޔާއި ހދ. ދިއްދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގައި އެކޮމޮޑޭޝަން އިމާރާތް ގާއިމް ކުރުން ހިމެނެއެވެ. އަދި ހދ.ކުޅުދުއްފުއްޓާއި ހައްދުއްމަތީ ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަން ރީޖަނަލް ހެޑްކުއާޓަރަށް ބަދަލުކޮށް އެސަރަހައްދުތަކުގައި އިތުރު 5 ސެލްއެއް ގާއިމްކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީއެއް ގާއިމް ކުރުމާއި، ވިލިމާލޭގައި 400 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމާއި އަދި ދ.ވާނީ ގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒުގައި 100 މީހުންގެ އެކޮމޮޑޭޝަން އިމާރާތެއް މި މަޝްރޫޢުގެ ދަށުން އަޅާނެއެވެ.

މި މަޝްރޫޢޫގެ ދަށުން ހިންގާ އިތުރު މަޝްރޫޢުތަކަކީ، ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަން އެޅުމާއި، މާލޭގެ ގަލޮޅު ޕޮލިސް ސްޓޭޝަން އެޅުމުގެ އިތުރުން އަތޮޅު ފެންވަރުގެ އިތުރު 8 ޕޮލިސް ސްޓޭޝަން ގާއިމް ކުރުމެވެ.

މީގެ އިތުރުން ރަށު ފެންވަރުގެ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓެއް ވެސް މި ޕްރޮޖެކްޓްގެ ތެރެއިން ގާއިމް ކުރެވިގެން ދާނެއެވެ.

Ad
df

730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ޖުމްލަ އަގަކީ 48،176،529.00 ޔޫއެސް ޑޮލަރެވެ.