ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ
ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެ...