ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަންނަވަނީ ހއ. ހޯރަފުއްޓަށެވެ.
ރައީސް އެރަށަށް މިއަދު ވަޑައިގަންނަވާތީ މަރުޙަބާ ދެންނެވުމަށް ރައްޔިތުންނަށް އެއާޕޯޓަށް ދިޔުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެރަށު ރަށްޔިތުންނަށް ދައުވަތުގެ މެސެޖެއް އާންމުކޮށްފައެވެ.
ހޯރަފުށީ ކައުންސިލުން ނެރެފައިވާ މެސެޖުގައިވާގޮތުން ރައީސަށް މަރުޙަބާ ދެންނެވުމަށް އެރަށު ރަށްޔިތުން އެއާޕޯޓަށް ދާން ބުނެފައި އޮތީ މެންދުރު 13:30 އަށެވެ.
މީގެ އިތުރުން 14:30 ގައި އެރަށު ސްކޫލް މަލްޓިޕާޕަސް ހޯލްގައި ރައީސް އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށް ވެސް ހޯރަފުށީ ކައުންސިލުން ބުނެފަވެއެވެ.
ރައީސްގެ މި ދަތުފުޅާގުޅޭ މައުލޫމާތު ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!