ގދ. ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

Ad
rt

ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަަމަށްވާ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ދެެއްކެވި ވާހަކަފުޅުގައި މިވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިގޮތުން ވައިގެ ބަނދަރުގެ ޓަރމިނަލްއަކީވެސް އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށާއި އަދި އެއީ މުޅި ގދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅިގެންދާ ބާރަކަށްވެސް ވެގެންދާނެކަމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.