އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހުސެއިން އިސްމާއިލް އައްޔަން ކުރީ މިދިޔަ މަހުގެ 19 ގައެވެ. ހުސެއިން އިސްމާއިލް ރޭގެ ވަގުތެއްގައި މަގާމުން ވަކިކުރިއިރު، އޭނާ ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

ހުސެއިން އިސްމާއިލް މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީއެވެ.

ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް އެ މިނިސްޓްރީގައި އެބަތިއްބެވެ.