ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގޮތުގައި ދަރުމަވަންތަ ރަސްމީކޮށް ހުޅުވައިފި
ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ޚިދުމަތެއް ޤާއިމްކޮށް ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ނިންމަވާފައިވާކަން ޢިއުލާން ކުރަށްވާފައެވެ. މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެެއްވީ ރައީސް ޑރ. މުއިއްޒުއެވެ. އެ ހޮސްޕިޓަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ގުރޫޕް އޮފް ހޮސްޕިޓ...