އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސް އެޅޭކަމަށް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ޕްލެނަރީގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަންތައްތަކުގެ ތެރެއިން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ރާއްޖެއަކީ އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވާ ޤައުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅެއެވެ. އެހެންކަމުން ކްލައިމެޓް ފައިނޭންސްގެ އެންމެ ފަހުގެ އޮނިގަނޑުގައި، މިހާރު ބޭނުންވެފައިވާ ކަންކަމަށާއި، މުސްތަޤްބަލުގެ ވިލުންވެރިކަމަށް އިސްކަން ދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތިމާވެއްޓާއި ކަނޑުތަކަކީ، ރާއްޖޭގެ ޘަޤާފީ ވަންތަކަމުގެ ތެރޭގައި ހިމެނޭ ބައެކެވެ.އެއީ އެގޮތަށް ގަބޫލުކުރަން ލާޒިމު އަދި އެގޮތުގައި ހިފަހައްޓަންޖެހޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ، ދުނިޔޭގެ އެހެނިހެން ކަންކަމަށް ކުރާ ޚަރަދުތަކުގައި ހުރި ތަފާތުތައް ފާހަގަކުރައްވާފައެވެ. މިގޮތުން މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ކަނޑައަޅާފައިވާ މާލީ އެހީ ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތަކަށް އިސްކަންދެއްވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތެވެ.
ކޮޕް29 ގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯއްދެވުމަށް އަޒުމް ކަނޑައަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "މޫސުމީ ނޭދެވޭ ބަދަލުގެ ރާސްތާގެ ބަދަލުގައި، ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމުގެ ރާސްތާ ޚިޔާރުކުރުމަށް" ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!