''ބޭރުފައިސާއާއިބެހޭ ޤާނޫނުން ރައްޔިތުންނަށާއި ކުދި އަދި މެދު ވިޔަފާރިތަކަށް ޑޮލަރު ތިޔާގިވާނެ''
ބޭރުފައިސާއާއިބެހޭ ޤާނޫނުގެ ސަބަބުން ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލައި، އެ ބިލުގެ ޑްރާފްޓަށް އާންމުންގެ ޚިޔާލަށް ރޭގައި ހުޅުވާލަފައެވެ. މި ބިލާއި ގުޅިގެން ރައީސް އެކްސްގައި ވިދާޅުވީ، 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް...