އިމިގްރޭޝަން އާއި ކަރެކްޝަން އަދި ފުލުހުން ގުޅިގެން، ޔާސިރު ޔަޙްޔާއާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފި
މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޔާސިރު ޔަޙްޔާ މުޠީޢު އާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފިއެވެ. ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ނިޔާވެފައިވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު)...