ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އަޕާ ސައުތް ޕޮލިސް ޑިވިޝަން (ގއ، އަދި ގދ) ގައި ހިމެނޭ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ހުށަހެޅިފައިވާ ކަމަށާއި މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށްގެން އެރަށުގައި މިއަދު ހަވީރު އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ޒުވާނުން މުޒާހަރާ ކޮށްފައި ވެއެވެ.
މީގެއިތުރުން ފުލުހުން އަންނަނީ އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!