ގްރޭޓަރ މާލެ އޭރިއާގައި ރޭގަނޑު ދިހައެއްގެ ފަހުން ބޭރަށް ނިކުތުން މަނާ ކޮށްފި
މާލެ ސަރަހައްދުގައި ރޭގަނޑު ދިހަޔަކުން ފެށިގެން ފަތިހު ފަހެއް ޖެހުމާއި ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެ ގަޑިތަކުގައި ބޭރުގައި މީހުން އުޅޭ ކަމަށްވާނަމަ ފުލުހުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. މީގެ އިތުރުން ރޭގަނޑު 10 އަކު...