މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,848 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 935 ވަނަ ޞަފްޙާ

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

32 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި 03 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 06:00 ގައެވެ. 03 ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. މިރަސްމިއްޔާތުގައި ސިފައިނ...

ޔުމްނާ ޢަލީ
ދައްކާލާ ވާހަކައަކުން ނުފުދޭ، އަންހެނުންނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދީ: އަނާރާ

ދައްކާލާ ވާހަކައަކުން ނުފުދޭ، އަންހެނުންނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދީ: އަނާރާ

ހަމައެކަނި ދައްކާލާ ވާހަކައަކުން ނުފުދޭ ކަމަށާއި، ދިވެހި އަންހެނުނަށް ފަހި ރަނގަޅު ނިޒާމެއް ގާއިމުކޮށްދޭން ޖެހިފައިވާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ މާލޭ ސިޓީގައި ޓެކްސީ ކުރާ ކަނބަލެއް ކަމަށްވާ އާމިނަތު ވަހީދާ ދުއްވާ ކާރަށް އެކިފަހަރު މަތިން ގެއްލުން ދެމުންދާތާ ދުވަސްތަކެއް ވޭތުވެފައިވާއިރު، އެންމެ ފަހުން ދިން ގެއްލުން ތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްއަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ކޮށްފައިވަނި ކޮށެވެ. […]

ޔުމްނާ ޢަލީ
ވާލަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ވާލަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހިތަދޫގެ ޒުވާނަކު ވާލަކަށް އަނިޔާކޮށް ސޯޝަލް މީޑިއާގައި ފޮޓޯ އާންމު ކުރުމާއި ގުޅިގެން އެ މައްސަލަ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޕޮލިހަށް ހުށައެޅުމާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫއިން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ވެސް ވަނީ ނަގާފައެވެ. ނަމަވެސް ބަޔާން ނެގުމަށްފަހު މިހާރު އޭނާވަނީ ދޫކޮށްލާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ފުލުހުންގެ […]

އިބްރާހިމް ޚަލީލް
އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ

އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ

ރ. އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ. އެގޮތުން އަލިފުށީ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވަނީ ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ. އަދި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ތާވަލްކޮ...

މުޙައްމަދު އިނާން
އޮންލައިންކޮށް ޖުވާ ކުޅުމާއި ޓުރޭޑް ކުރުމަށް ބީއެމްއެލް ކާޑުތައް ބޭނުން ނުކުރެވޭގޮތް ހަދައިފި

އޮންލައިންކޮށް ޖުވާ ކުޅުމާއި ޓުރޭޑް ކުރުމަށް ބީއެމްއެލް ކާޑުތައް ބޭނުން ނުކުރެވޭގޮތް ހަދައިފި

އޮންލައިންކޮށް ޖުވާ ކުޅުމާއި ޓުރޭޑް ކުރުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުން ނުކުރެވޭގޮތް ހަދައިފި އެވެ. ބައެއް މަރޗަންޓް ވެބްސައިޓްތަކުގައި ކާޑުގެ މުއާމަލާތް ނުކުރެވޭގޮތް ހަމަޖެއްސުމާއި ގުޅޭގޮތުން އެބޭންކުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ގާނޫނާއި ގަވައިދުތަކާ ޚިލާފު މާލީ މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ބޭންކުން ވަނީ ނިންމާފަ ކަމަށެވެ. މި ގޮތުން ޑިޖިޓަލް ވޮލެޓްތ...

އިބްރާހިމް އަސްވާޤް
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2020 ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އ...

އަޙްމަދު ވަހީދު
ރަށްތަކުގައި ދިރިއުޅޭ މީހުންނަށް، ސާފު ފެން ނުލިބޭތީ ފިޔަވަޅު އަޅަން ޖެހޭ: އަލީ ހުސައިން

ރަށްތަކުގައި ދިރިއުޅޭ މީހުންނަށް، ސާފު ފެން ނުލިބޭތީ ފިޔަވަޅު އަޅަން ޖެހޭ: އަލީ ހުސައިން

ރަށްތަކުގައި ދިރިއުޅޭ މީހުންނަށް، ސާފު ފެން ނުލިބޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ފިޔަވަޅު އަޅަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައިފި އެވެ. ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ނިިންމާ މިއަދު ނޫސް ބަޔާނަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސާފު ފެން ލިބުމަކީ ރަށްތަކުގައި ދިރިއުޅޭ މީހުންގެވެސް އިންސާނީ އަސާސީ ޙައްގެއް ކަމަށެވެ....

ޔުމްނާ ޢަލީ
ދޫނިދޫގައި ގައިދީން ބުއިމަށް ބޭނުންކުރާ ފެނުގައި ބެކްޓީރިއާ ހުރުމުންވެސް އަޅައެއް ނުލި: އެޗްއާރުސީއެމް

ދޫނިދޫގައި ގައިދީން ބުއިމަށް ބޭނުންކުރާ ފެނުގައި ބެކްޓީރިއާ ހުރުމުންވެސް އަޅައެއް ނުލި: އެޗްއާރުސީއެމް

ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބުއިމަށް ބޭނުންކުރާ ފެނުގައި ބެކްޓީރިއާ ހުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނައުމުންވެސް އެކަން ހައްލުކޮށްފައި ނުވާކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން ހިނގަމުންދާ ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބޭނުންކުރަމުންދާ ފެނާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކޮމިޝަނުގެ ނޭޝަނ...

އަލީ އާދިލް
ޑރ. ޓެޑްރޯސް ކަރަންޓީނަށް

ޑރ. ޓެޑްރޯސް ކަރަންޓީނަށް

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ކަރަންޓީނަށް ވަޑައިގެންފިއެވެ. ޑރ. ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ކޮންޓެކްޓްވި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ކަރަންޓީނުގައި ހުންނެވި ކަމަށެވެ. އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ހާލުކޮޅުވެސް ރަނގަޅު ކަމަށް ޑރ. ޓެޑްރޯސްގެ އެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ. ބައްޔަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށްވުމުން ޑަބްލިޔޫއެޗްއޯގެ ޕްރޮޓ...

ހުސައިން ހަބީބް
ޝިރުމީނާ ފެނިއްޖެ

ޝިރުމީނާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ހެނދު އަމިއްލައަށް ގެއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ވީނުވީއެއް ނޭނގިގެން ގެއްލިގެން ރޭ ފުލުހުން ހޯދަން އާންމުންގެ އެހީއަށް އެދިފައިވަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މިއަދު ހެނދުނު 08:45 ހާއިރު އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށެވެ. ޝިރުމީނާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔ...

ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ

ކޯވިޑް-19 ހާލަތުގެ ސަބަބުން ޚާއްޞަ ޤާނޫނަކުން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. ރާއްޖެޓީވީ އިން ރޭ ގެނެސްދިން ”ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް އުންމީދު ކުރަށްވާ ކަމަށާއި، އަދި އެ ތާރީޚްގައި އެ އިންތިޚާބު ބޭއްވުމަށް ވަރަށް މަސައްކަތް ވެސް […]

ޔުމްނާ ޢަލީ
ޝިރުމީނާ ގެއްލިގެން ހޯދަނީ

ޝިރުމީނާ ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ބުނެފި އެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ. މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެ...

ޔުމްނާ ޢަލީ
ފަތުރުވެރިންނާއި، ރިސޯޓުތަކުގެ މުވައްޒަފުން ކަރަންޓީން ކުރުމަށް ރިސޯޓެއް ހޯދަނީ

ފަތުރުވެރިންނާއި، ރިސޯޓުތަކުގެ މުވައްޒަފުން ކަރަންޓީން ކުރުމަށް ރިސޯޓެއް ހޯދަނީ

ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ނިންމައި، ރިޒޯޓެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް އެ މިނިސްޓްރީން ނިންމާފައި ވާކަމަށެވެ. މިގޮތުން އެ...

އިބްރާހިމް އަސްވާޤް
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ

މާލެ- ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ އެވެ. ފުލހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭމަތީ މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އަންހެނެއްކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންދާކަމަށ...

ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ސަފީރު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުގެ ސަފީރު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަޤާމުގެ ފު...

ޔުމްނާ ޢަލީ