މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,848 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 934 ވަނަ ޞަފްޙާ

ރިޒޯޓު ތަކާއި ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަނީ

ރިޒޯޓު ތަކާއި ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަނީ

ރިޒޯޓު ތަކާއި ޓޫރިސްޓް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ރިޒޯޓު ތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. “ފަތުރުވެރިަކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު.” މައުސޫމް ވިދާޅުވިއެވެ. މައުސޫމް މިހެން ވިދާޅ...

ޔުމްނާ ޢަލީ
ސީއެސްސީއަށް ގުޅަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ސީއެސްސީއަށް ގުޅަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ސިވިލް ސާވިސް މުވައްޒަފުންނާއި އާންމުން އެކިއެކި ބޭނުންތަކުގައި އެ ކޮމިޝަނަށް މުއާމަލާތު ކުރާއިރު މައުލޫމާތު ލިބިދިނުން ފަސޭހަކޮށްދިނުމަށް އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ސާކިޔުލާއެއްގައި ބުނީ ފޯނަށް ނުގުޅޭ ހާލަތުގައިވެސް ކޮމިޝަނާ މުއާމަލާތް ކުރެވޭނެ ގޮތްތައް މިހާރު ވަނީ ހަމަޖަައްސާފައިކަމަށެވެ. ސީއެސްސީ އިން ބުނީ ކޮމިޝަނުގެ ވެބްސަިއޓުގައި، އެކިއެކި ބޭނުންތަކަށް ކޮމިޝަނުގެ މުވައްޒަފުންނާ މުއާމަލާތް ކުރުމަށް ޗެޓް ފީޗާއެއް ގާއިމްކޮށްފައިވާނެ ކަމަށާއި ކޮމ...

ޔުމްނާ ޢަލީ
ޤައުމީ ސްކައުޓް އެސެންބްލީގެ މި އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާ ބާއްވަނީ

ޤައުމީ ސްކައުޓް އެސެންބްލީގެ މި އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާ ބާއްވަނީ

ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާ، 2020 ނޮވެމްބަރ 27 ގައި ބޭއްވުމަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ. މިގޮތުން އެ އެސޯސިއޭޝަންގެ ވަނީ ”ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާއަށް” ޙާޟިރުވުމަށް ސްކައުޓް ގުރޫޕުތަކުގެ މަންދޫބުން ފުރުޞަތު ހުޅުވާލާފައި އެވެ. އަދި މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2019 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށް ކަމަށް ސްކައުޓް އެސޯސި...

ޝިއުނާ އާދަމް
ބާރަށު ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ބާރަށު ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ބާރަށު ފެނަކަ އަައު އޮފީސް އިމާރާތާއި، އެރަށު ފެނަކަ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ބާރަށުގައި ފެނަކައިން އަލަށް އިމާރާތް ކުރުމަށް ނިންމާފައި ވަނީ 2 ބުރީގެ ޒަމާނީ އޮފީސް އިމާރާތެކެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ބާރަށު، ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތާއި، ވަށާފާރު […]

އަޙްމަދު ވަހީދު
އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރަނީ

އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރަނީ

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސް ޞާލިޙް އިޢުލާނުކުރައްވާފައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓ...

ޔުމްނާ ޢަލީ
ފީވަކު ބަނދަރުގެ 61 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފީވަކު ބަނދަރުގެ 61 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުންދާ ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ފީވަކުގައި މިހާރު ކުރިއަށްދާ މި މަޝްރޫޢުގެ ބޭރުތޮށި ރޭނުމުގެ 53 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު، އެއ...

މުޙައްމަދު އިނާން
ތަނބުރުދޫ ހިމެނޭގޮތަށް ތަނބުރުދޫ ތިލަ ސަރަޙައްދުވެސް ހިމާޔަތްކޮށްފި

ތަނބުރުދޫ ހިމެނޭގޮތަށް ތަނބުރުދޫ ތިލަ ސަރަޙައްދުވެސް ހިމާޔަތްކޮށްފި

ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖަޢާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ މިއަދު މެންދުރުފަހު އޮ...

ޔުމްނާ ޢަލީ
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް ދަންމާލައިފި

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް ދަންމާލައިފި

ކޯވިޑް-19 އާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޑިސެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ. ހެލްތު މިނިސްޓްރީން ނެރުނު ގަރާރުގައި ބުނެފައިވަނީ މި މުއްދަތު ޑިސެމްބަރު މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކޯވިޑް-19 ފެތުރުން އިތުރުވަމުން ދާތީ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މި ގޮތަށް ނިންމެވީ ކޯވިޑުގެ ނުރައްކާތެރިކަން ކުޑަކުރުމަށާއި...

އިބްރާހިމް އަސްވާޤް
ލުޓޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފި

ލުޓޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފި

ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ލުޓޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދީފި އެވެ. ފުލުހުން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބެންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓް ގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ފައިސާ ފޭރުނު މީހުން ހުއްޓުވައި އެ ފޭރުން ނާކާމިޔާބު ކޮށްލި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން […]

ޔުމްނާ ޢަލީ
މަރުގެ އަދަބު ނައްތާލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް: އޭޖީ

މަރުގެ އަދަބު ނައްތާލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް: އޭޖީ

ރާއްޖެގައި މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް ކަމަށާއި، އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައެއް ނުލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް ފާހަގަކުރަށްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައ...

އަލީ އާދިލް
ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން ކުރިއަށްްގެންދާ އެންމެހާ ހަރަކާތްތަކާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތުތައް އެ ސާރވިސްގެ އިސްވެރިންގެ ކިބައިން ހޯއްދަވާފައެވެ. އެގޮތުން އެ ސާރްވިސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ...

މުޙައްމަދު އިނާން
އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި

ސަރުކާރުން ހިންގަވާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއެއް ކަމަށްވާ “ހިޔާ” މަޝްރޫއުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ H6 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ. މިކަން ހާމަކުރައްވާ ”ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ”އިން މިއަދު ނެރުއްވާފައިވާ އިޢުލާނާއެކު H06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެ...

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މިލަދޫ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އެންމެފަހު މަޢުލޫމާތު ކޮންމެ ދުވަހު ހާމަ ކުރަށްވަމުން އަންނައިރު، ނ. މިލަދޫ ގައި އެކުންފުނިން ކުރަމުން ގެންދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތު އެންމެ ފަހުގެ މަޢުލޫމާތު މިއަދު ވަނީ ހާމަކުރަށްވާފަ އެވެ. މިގ...

އަޙްމަދު ވަހީދު
ޝާފިޢު ތައްޔާރުކުރި "3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލް" ސިފައިންނަށް

ޝާފިޢު ތައްޔާރުކުރި "3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލް" ސިފައިންނަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އަށް ހަދިޔާ ކޮށްފިއެވެ. މިއަދު ބޭއްވި މިނިސްޓްރީ އޮފް ޑިފެންސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދ...

އިބްރާހިމް އަސްވާޤް
ދޫނިދޫގައި ތިބޭ ގައިދީންނަށް މިހާރު ދެނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ދޫނިދޫގައި ތިބޭ ގައިދީންނަށް މިހާރު ދެނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީގޮތުން ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ، ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ނިިންމާ އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. މިއަދު ނެރުނު އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ދޫނިދޫގައި ސާފުފެން ލިއްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ދަނ...

ޔުމްނާ ޢަލީ