މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,847 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 936 ވަނަ ޞަފްޙާ

ބީއެމްއެލްގެ ބައެއް ލޯނުތަކުން އިންޓަރެސްޓް އަދި ޕްރޮފިޓް ރޭޓް ކުޑަކޮށްފި

ބީއެމްއެލްގެ ބައެއް ލޯނުތަކުން އިންޓަރެސްޓް އަދި ޕްރޮފިޓް ރޭޓް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕަރސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް އަދި ޕްރޮފިޓް ރޭޓއަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ ބީއެމްއެލް އިން ބުނީ އެ ބޭންކްގެ އިސްލާމިކްގެ ފައިނޭންސިންގއަށްވެސް މި ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. މި ބަދަލުތަކާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބަދަލުތައް ގެނައީ އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މިއަދު ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލްކަމެއް ލިބިފައިވާ ލުއި […]

ޝިއުނާ އާދަމް
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިތުބާރުހިފޭ މަގާމެއްގައިހުރެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި އެމީހާ ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކަށެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައް...

ޔުމްނާ ޢަލީ
އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އިންޑިއަން ކޯސްޓްގާޑް ޝިޕް “އައިސީޖީއެސް ސަންކްލަޕް” މިއަދު ރާއްޖެ އަތުވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ އައިސީޖީއެސް ސަންކްލަޕް ރާއްޖެއަށް ކުރާ މި ދަތުރަކީ، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އައި މަނަވަރެއް ކަމަށެވެ. މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކު...

އިބްރާހިމް އަސްވާޤް
ނާސާގެ ސެޓެލައިޓަކުން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް

ނާސާގެ ސެޓެލައިޓަކުން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް

ނާސާގެ ސެޓެލައިޓެއް ކަމަށްވާ “ކޮޕާރނިކަސް ސެންޓިނެލް-3 މިޝަން” އިން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް ނަގައިފިއެވެ. އިންޑިޔާ ކަނޑުގެ ރީތިކަމާއި އެކު، މުތީ ތަކެއް ފަދައިން އެތުރިފައިވާ ރާއްޖޭގެ އަތޮޅުތަކުގެ ފޮޓޯ އިތުރަށް ފުރިހަމަވެގެންދަނީ މި ސެޓެލައިޓުން ނަގާ ފޮޓޯ ވަށަމިނުން 1270 ކިލޯމީޓަރު ކަވަރުކުރާތީއެވެ. އެމެރިކާގެ ޖައްވީ އިދާރާއިން އުދުއްސާލާފައިވާ މި ސެޓެލައިޓުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. އަދި ހިކިފަސް ތަންތަނުގެ ފިނިހޫނުމިނ...

މުޙައްމަދު މާއިލް ހަސަން
ކަނޑިންމަ ރިސޯޓުން 17 މީހަކު ކޯވިޑަށް ޕޮޒިޓިވް

ކަނޑިންމަ ރިސޯޓުން 17 މީހަކު ކޯވިޑަށް ޕޮޒިޓިވް

ދ. އަތޮޅުގައި އޮންނަ ”ކަނޑިންމަ މޯލްޑިވްސް” ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެ ރިސޯޓުން ކޯވިޑް އިތުރު ކޭސްތަކެއް ފުނުނުއިރު، އެ ރިސޯޓުން ހާލުބޮޑުވެގެން އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައި އެވެ. އެއާއިއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހުގެ ރޭ 9:45 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް […]

ޝިއުނާ އާދަމް
ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް އެބަދޭ: އެމްޓީސީސީ

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް އެބަދޭ: އެމްޓީސީސީ

ރ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ މަޝްރޫޢު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެކު ކަމަށެވެ. މިގޮތުން ދުވާފަރުގެ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ ފަރާތުން ލިބޭ އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުނިން ވަނީ ފާހަގަ...

އަޙްމަދު ވަހީދު
ނުބީހެންޏާ ކަނޑާހަމައެއް ނޫން، ޒިންމާދާރު ވާންޖެހޭ: މައުސޫމް

ނުބީހެންޏާ ކަނޑާހަމައެއް ނޫން، ޒިންމާދާރު ވާންޖެހޭ: މައުސޫމް

ނުބީހެންޏާ ކަނޑާ ހަމަނޫން ކަމަށާއި، ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިހާރު މިއޮތް ކޯވިޑް-19 ގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތަށް އިޝާރާތް ކުރަށްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ މިކަމުގައި “ނުބީހެންޏާ ކަނޑާ ހަމައެއްނޫން” ކަމަށެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެން ކަމަށެވެ. “ދަތި އުނދަގޫތަކާއި އެކުވެސް ފުރިހަމައަށް ޒިންމާ އަދާކު...

ޝިއުނާ އާދަމް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފި އެވެ. ފިނޭންސް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓް މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ ތަފްސީލް ދެއްވާނީ މަޖިލީހުގައި ފިނޭންސް މިނިސްޓަރުކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފަ އެވެ...

ޔުމްނާ ޢަލީ
ކޯވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 38 ކަށް!

ކޯވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 38 ކަށް!

ފަރުވާދެމުން ދަނިކޮށް ރޭ ދ.އަތޮޅު ހޮސްޕިޓަލުގައި މަރުވި މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއީ ރާއްޖެއިން މިބަލީގައި މަރުވި 38 ވަނަ މީހާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ. އެޗްޕީއޭއިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ރޭ 9:45 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއް ކަމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ. ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހާ އަކީ ދ.މާއެނބޫދޫއަށް […]

ޔުމްނާ ޢަލީ
ފައިސާތައް ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމުކޮށްފި

ފައިސާތައް ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމުކޮށްފި

މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) […]

އަޙްމަދު ވަހީދު
ފައިސާތައް ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ

ފައިސާތައް ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ

މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު ހާދިސާގައި، ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، 50،000 ރުފިޔާ މިއަދު ދީފި އެވެ. ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި “އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން” ގެ ސެކިއުރިޓީ ގާޑު މުހައްމަދު ހަސަން މަނިކަށް، އެ ފޭރުން ހުއްޓުވިކަމުގެ އަގު ވަޒަންކޮށް 50،000 ރުފިޔާ އާއި، ރަމްޒީ ލިއުމެއް ދީފައި ވަނީ ރޫޓް […]

ޔުމްނާ ޢަލީ
މޯދީގެ ދަތުރުފުޅަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާރޓަރ ކުރުމަކީ އިހްތިރާމުގެ ރަމްޒެއް- ރިޒްވީ

މޯދީގެ ދަތުރުފުޅަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާރޓަރ ކުރުމަކީ އިހްތިރާމުގެ ރަމްޒެއް- ރިޒްވީ

އަވަށްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާރޓަރު ކުރުމަކީ ދެގައުމުން އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން ވޯދީގެ ޚާއްސަ ދަތުރުފުޅަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކުރި ކުރުމަށް އިޝާރާތް...

އަޙްމަދު ވަހީދު
ޝިޔާމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި

ޝިޔާމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރަށްވާ ޝިޔާމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ އިއްޔެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ޝިޔާމް ގެއަށް ދޫކޮށްލާފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފަ އެވެ. ޕީޕީއެމުން ވަނީ ޝިޔާމަށް އަވަސް ޝިފާއަކަށް އެދި މެސެޖުކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ޝިޔާމް […]

ޔުމްނާ ޢަލީ
ނަބިއްޔާގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ދަރުސްއެއް ބާއްވަނީ

ނަބިއްޔާގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ދަރުސްއެއް ބާއްވަނީ

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ބާއްވާ ދަރުސް މިރޭ ފޭސްބުކްއިން ލައިވް ކުރުމަށް ހަމަޖެހިއްޖެއެވެ. ނަބިއްޔާ صلى الله عليه وسلمގެ ސިޔަރަތާއި، އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ އިތުރުން، އެކަލޭގެފާނާއި ދެމެދު ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަމިއްޔަތުއް ސަލަފް އަދި އިތުރު 37 ޖަމިއްޔާއެއް ގުޅިގެންނެވެ. މި ދަރުސްގެ އެންމެ މައިގަނޑު އެއް މަޤްޞަދެއްކަމުގައި ބެލެވެނީ، އެކަލޭގެފާނު صلى الله عليه […]

މުޙައްމަދު މާއިލް ހަސަން
މަސްދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރިކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފި

މަސްދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރިކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފި

ލ. އަތޮޅު އެތެރެވަރީގައި އޮތް މަސްދޯންޏަކަށް ތޫނު ހަތިޔާރާއި އެކު އެރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 7 ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްއިން އާންމުކުރި މަޢުލޫމާތުގައި ބުނާ ގޮތުގައި، ރެއިން ފެށިގެން މިއަދު މެންދުރާއި ހަމައަށް މި މައްސަލައިގައި ތުހުމަތު ކުރެވޭ 7 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް ޖުމްލަ 16 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 9 މީހެއްގެ ބަންދާއިމެދު ގޮތެއް […]

މުޙައްމަދު މާއިލް ހަސަން