މާލެ- ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭމަތީ މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ.

Ad
rt

އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އަންހެނެއްކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓްވީ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނޛ އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަކަމަށެވެ.

އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:35 ހާއިރުކަމަށާއި ފުލުހުން ގެންދަނީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންކަމަށް ފުލުހހން ބުނެފައިވެއެވެ.