އައްޑޫ ސިޓީ ހިތަދޫގެ ޒުވާނަކު ވާލަކަށް އަނިޔާކޮށް ސޯޝަލް މީޑިއާގައި ފޮޓޯ އާންމު ކުރުމާއި ގުޅިގެން އެ މައްސަލަ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޕޮލިހަށް ހުށައެޅުމާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫއިން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ވެސް ވަނީ ނަގާފައެވެ. ނަމަވެސް ބަޔާން ނެގުމަށްފަހު މިހާރު އޭނާވަނީ ދޫކޮށްލާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ ދިރިއުޅޭ ގޭގައި ހުންނަ ޖަނބުރޯލު ގަހުގެ އަޅާފައިވާ ދަލުގައި ޖެހި މަރުވެފައި އޮތް ވާލެއްގެ ކަރުގައި ވާގަނޑެއް އައްސައި އޭގެ ފޮޓޯ މީސް މީޑިއާގައި އާއްމު ކުރި ފަހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ޖަނަވާރަކަށް އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް އީޕީއޭއިން ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އެކަން ތަހުގީގު ކުރަމުންދާ ކަމަށާއި، މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!