ފަތުރުވެރިކަމަށް ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވާ މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު، ޤާނޫނު ނަމްބަރު: 02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށު...
ސަނިއްޔާ އަބޫބަކުރު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. ޙައްޖުގެ އަޅުކަން އ...
ސަނިއްޔާ އަބޫބަކުރު
މޫސުން ރަނގަޅުވާނީ އަންގާރަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ލަފާކުރައްވައިފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ މިއަދާއި މާދަމާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށެވެ. އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މެޓް އޮފީހުން އިން ލަފާ ކުރައްވާފައިވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ޢާއްމު ގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށްވީ ނަމަވެސް، މިއަހަރު ދަނީ އާދަޔާ […]
ސަނިއްޔާ އަބޫބަކުރު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ލަތީފް މިއަދު އަވަހާރަ ވެފައިވަނީ އަވައްޓެރި ޝްރީލަންކާގައެވެ. ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އަދި އޭނާ ސިޔާސީ ހަރަކާތްތަކުން ނުފެންނަތާ ވެސް މިހާރު ވަނާ ވަރަށް ގިނަ ދުވަސްތަކެއް ވެފައެވެ. ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީއާއ...
ސަނިއްޔާ އަބޫބަކުރު
އަޟްޙާ ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ މިއީ، ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. މި އޮޕަރޭޝަނަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭ...
އަލީ ރިޔާޟް
ދިވެހިރާއްޖޭން މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖޭން ފުރިއިރު އަލްވަދާޢު ވިދާޅުުވުމަށް ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގެން އަލްވަދާޢު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އެ އެބޭފުޅުންގެ ޙާލު އޮޅުން ފިލުއްވިއެވެ. ޙައްޖުގެ އަޅުކަމަށް މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލު...
ސަނިއްޔާ އަބޫބަކުރު
މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކުން ތިން ގޮނޑިއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކޮށްފިއެވެ. މިއަދުގެ އިންތިޚާބުގައި 4 ރަށެއްގެ ކޮމެޓީތަކަށް 5 މެންބަރަކު އިންތިޚާބު ކުރިއެވެ. މިގޮތުން ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެ...
ޔުމްނާ ޢަލީ
މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް މިރޭ ހުޅުވައިފިއެވެ. “މަސްޖިދު ރަޝީދު” ނަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ކަމަށް މިރޭ ހުޅުމާލޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްވާ...
ސަނިއްޔާ އަބޫބަކުރު
މޫސުން ގޯސްވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުހުތާދުޖެހިފައިވާ ތ. އަތޮޅުގެ ބައެއް ރަށަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ އިދާރާގެ ސެންޓްރަލް އޭރިއާ ކޮމާންޑް ސިފައިންގެ ޓީމެއް އަދި ވެސް ތިމަރަފުށީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސިފައިން ދަނީ ޕަންޕުބޭނުން ކޮށްގެން ފެންހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. މިއަދު ވެސް ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި އެރަށް ވަނީ އުދައަރާފައެވެ...
ސަނިއްޔާ އަބޫބަކުރު
ބާޖެއް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް، ސިފައިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުން ދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. މި ބާޖު ކަނޑައިގެން ގޮސްފައި ވަނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން...
މުޙައްމަދު ވަސީމް
ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި އެއް ގޮނޑި ކާމިޔާބުކޮށް، ފުރަތަމަ އިންތިޚާބީ މޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހޯދައިފިއެވެ. މި އިންތިޚާބުގައި ތިން ސިޔާސީ ޕާޓީއަކުން ފަސް ކެންޑިޑޭޓަކު ވާދަ ކުރިއެވެ. އެ ކެންޑިޑޭޓުންނަނީ، ޒަޢީމާ އާދަމް، ނާޒް، ށ.ކޮމަންޑޫ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޢާއިޝަތު ވަޙީދާ، ފެމޯރާ، ށ.ކޮމަންޑޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަރްޔަމް ނަބާހާ، ކަށި...
އަލީ އާދިލް
ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ތޮޅެންދޫ ސަރުކާރުން އަމިއްލަ ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީ ނ. އަތޮޅު ކައުންސިލުންނެވެ. އަދި އެ މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިިވިލް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުނެވެ. އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ […]
ހުސައިން ހަބީބް
ބަންގުލަދޭޝް މީހަކު އޭނާގެ އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން އުޅުނީ، އަންހެނަކާ ޖެހުނު މައްސަލައެއްގައި އަމިއްލައަށް މަރުވާންކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ. އިއްޔެ މިކަން ހިނގާފައިވަނީ ހުޅުމާލޭގައި އެމީހާ ދިރިއުޅޭ އެޕާރޓްމަންޓް ތެރޭގަ އެވެ. މީސް މީޑިޔާގައި އާންމު ވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އޭނާ ނެރެގެން ޓްރީޓޮޕްގެ އެންބިއުލާންސް އެއްގައި ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ޓްރެފިކް ޕޮލިހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެތަނުން އޭނާ ނެރެގެން ގެންދިޔަ އިރުވަނީ ހަބަރު ހުސްވެފަ އެ...
ޔުމްނާ ޢަލީ
މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން 10:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭޅާށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް […]
އިބްރާހިމް އަސްވާޤް
އަހަރެމެން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ރަސްމީ ޓްވިޓަރ ހޭންޑްލްގައި މިއަދު ޢާންމު ކުރެއްވި ވީޑިއޯ އެއްގައި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށާއި ނިދަން އޮށޯންނަނީވެސް […]
ސަނިއްޔާ އަބޫބަކުރު