ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާއި ޔޯގާ މައްސަލައިގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހާ ޙިއްޞާ ކުރައްވައިފިއެވެ. އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮމަންވެލްތު ދަތުރުފުޅުގައި ޙާޞިލު ކުރެއްވުނު ކަންކަމަށް ރައީސުލް ޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިނަމަވެސް އެ ކަންކަމުގެ މަޢުލޫމާތު ރައީސް އޮފީހުން ޢާއްމު ކުރައްވާފައެއް ނުވެއެވެ. މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ރަސްމީ ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބ...
ސަނިއްޔާ އަބޫބަކުރު
މޮރިޝަސް ކޮމާޝަލް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސުލް ޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގެވީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ފައިސާ ދޫކުރުމުންނެވެ. އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ […]
ހުސައިން ހަބީބް
ހުޅުމާލެއިން ޒުވާން އަންހެންކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުުލުހުން ވިދާޅުވީ، ހުޅުމާލެއިން ވީނުވީއެއް ނޭނގި އަންހެންކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން އަންނަ ކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ޙުސައިން ސިޔާނު (18އ) އެވެ. ޝިއުނީ ޙުސައިން ސިޔާނު ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހ...
ޔުމްނާ ޢަލީ
އދ. ފެންފުށީ ފަޅުގައި އެ ފަޅަށް ގެއްލުންވާނެ ފަދަ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ޖަމިއްޔާތަކުން ގޮވާލައިފިއެވެ. ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ފެންފުށީ ފަޅަކީ ހިމާޔަތްކޮށްފައިވާ، ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އާއި އިންވެގެން އޮންނަ ފަޅަކަށްވާއިރު، އެފަޅުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ދިނުމަކީ މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވަނީ މިކަމާއި ދެކޮޅަށް ކަމާއިގުޅުންހުރި މާހިރުން އަޑުއުފުލާ ޓޫރިޒަމް...
ޝިއުނާ އާދަމް
ޔޯގާ އަކީ ދީނާ ހިލާފު ކަމެއް ކަމަށް ގިނަ އިލްމުވެރިންތަކެއް ބުނަމުން ދާއިރު އެކަމާއި މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނުރުހުން ފާޅުކުރައްވައިފިއެވެ. ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ތައްޔާރުވުމާއި އެކު ގިނާ އިލްމުވެރިންތަކެއް ވަނީ އެއީ ހަރާމް ކަމެއް ކަމަށް ބުނެފައެވެ. އަދި އިސްލާމީ އެކި ގައުމުތަކުގެ އިލްމުވެރިން ވެސް މިކަމުގައި އެއްބަސްވެއެވެ. އެކަމަކު މި ހިލާފުކަން އޮއްވައި ރާއްޖޭގައި ޔޯގާ ދުވަސް މި އަހަރު ފާހަގަކުރި […]
ޝިއުނާ އާދަމް
ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފި އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ، އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުންނެވެ. އިއްޔެގެ ޖަލްސާގައި 36 މެމްބަރުން ވޯޓު ދީފައި ވެއެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ ބިލު ދިރާސާކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ […]
އަލީ އާދިލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ހެކިބަސް ނަގަން މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ޔާމީންގެ ވަކީލުން ހައި ކޯޓުގައި އެހެން މައްސަލައެއް މިއަދު އޮތުމުންނެވެ. އެ މައްސަލާގެ އެންމެ ފަހުގެ އަޑުއެހުން ކެންސަލްކުރީ ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލް ބަލިވުމުންނެވެ. މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް […]
ހުސައިން ހަބީބް
ލީކުވަމުންދާ ފޮޓޯތަކާ ވީޑިޔޯތަކުން ފެންނަ އެންމެން މަގާމުތަކުން އިސްތިއުފާ ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ގޮވާލައިފިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް، އެމްއާރުއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބަދުއަހްލާގީ އަމަލުތައް ފެންނަ ފޮޓޯ އަދި ވީޑިއޯތައް ލީކުވި މައްސަލައިގައި އެފަދަ ފޮޓޯތަކާއި ވީޑިއޯތަކާއި ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ މީހުނ...
ސަނިއްޔާ އަބޫބަކުރު
މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯތަކުގައި ފެންނަ ކަންކަމުގެ މައްސަލަ މިދިޔަ މާޗު މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭރުން ފެށިގެން ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ސޯޝަލް މީޑިއާގައި އެކި ސިޔާސީ ފަރާތްތައް ކަމަށް ތުހުމަތުކުރާ ބައެއްގެ ބަރަހަނާ ފޮޓޯ އާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވާއިރު، މި ފޮޓޯ އަދި ވީޑިއޯތަކަކީ ބަޔަކު ރާވައިގެން ނަގާ އެއްޗެއް ކަމަށާއި އެ ބޭނުންކޮށްގެން […]
ޝިއުނާ އާދަމް
މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ކާނަލް މުހައްމަދު ނަޝީދުގެ ފޮޓޯއެއް ކަމަށް އޭނާ އެއްބަސްވެވަޑައިގެންފިއެވެ. މީގެ ދެ ދުވަސް ކުރިން ފެށިގެން ސޯޝަލް މީޑިއާގައި އެކި ސިޔާސީ ފަރާތްތައް ކަމަށް ތުހުމަތުވާ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުވަމުން އަންނަ އިރު އެންމެ ފުރަތަމަ ލީކުވީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެކެވެ. މިއަދު ކާނަލް ނާޒިމްގެ ފޮޓޯއެއް އާންމުވެފައިވާއިރު އެ ފޮޓޯއިން ފެންނަނީ ކާނަލް ނާޒިމް ކޮޓަރިއަކަށް ވަންނަ ތަނެވެ. […]
ޝިއުނާ އާދަމް
ސިޔާސީ ބޭނުންތަކަށްޓަކާ ދަރިންނާ ބެހުން ހުއްޓާލަން ޖެހޭ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިޔާސީ އެކި ބޭފުޅުންކަމަށް ތުހުމަތުވާ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ އިރު ބައެއް މީހުން އަންނަނީ އެ ވީޑިއޯތަކުން މާރިޔާގެ ފިރިހެން ދަރިފުޅު ފެންނަ ކަމަށް ބުނަމުންނެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ބިދޭސީ އަކު ފެންނަ އިރު، އެ ބިދޭސީ މީހާ އަކީ ގިނަ ބަޔަކާ އެކު […]
ޝިއުނާ އާދަމް
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ރާއްޖޭގައި މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮތް ކަމަށް ތުހުމަތުވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކުރެ އެވެ. […]
ހުސައިން ހަބީބް
ކޮމަންވެލްތާ ގުޅުމުން ގެބޮން އަދި ޓޯގޯއަށް ރާއްޖޭން މަރުޙަބާ ކިޔައިފިއެވެ. ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ މި ދެ ގައުމަށް ރާއްޖޭން މަރުޙަބާ ދަންނަވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ. ގެބޮން އާއި ޓޯގޯއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހަ...
ސަނިއްޔާ އަބޫބަކުރު
ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށެވެ. އަދި އެ ސިޓީ އަކީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގަ...
ސަނިއްޔާ އަބޫބަކުރު
އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ބިނާކުރާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ޢާއްމުކޮށް އިއުލާނު ކޮށްފިއެވެ. މިކަމަށްޓަކައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރި އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާ...
ސަނިއްޔާ އަބޫބަކުރު