މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 741 ވަނަ ޞަފްޙާ

ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

ގއ. ކަނޑުުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2020 ވަނަ އަހަރު ފެންމަތިވި އެ މައްސަލާގައި ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން މޫސާ ދީދީ 25 އަހަރަށް ޖަލަށްލީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެވެ. އެ ހުކުމުގެ މާ ބޮޑު ތަފްސީލެއް ކޯޓުން ހާމަ ނުކުރިޔަސް، އެ މީހުން ޖަލަށްލާން ހުކުމް ކުރިކަން […]

ހުސައިން ހަބީބް
އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނައިބު ރައީސާއި ބައްދަލު ކުރަށްވައިފި

އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނައިބު ރައީސާއި ބައްދަލު ކުރަށްވައިފި

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއީ ސަފީރު ޑޭވިޑް ހޮލީ ނައިބު ރައީސް ފައިސަލްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ސަފީރު ޑޭވިޑް ހޮލީގެ ދަޢުރުގައި ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާފައ...

ޔުމްނާ ޢަލީ
އައިޖީއެމްއެޗުން ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޖީއެމްއެޗުން ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޖީއެމް ހޮސްޕިޓަލުން ގްލެން އީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނީ މި އެމްއޯޔޫއަކީ އެ ހޮސްޕިޓަލުގެ ތަރައްޤީއަށާއި މީހުން ބިނާކޮށް ތަމްރީން ކުރުމަށް އެއްބަސް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ގްލެން އީގަލްސް ގް...

ސަނިއްޔާ އަބޫބަކުރު
ފާޙިޝް ވީޑިއޯތަކުން ފެންނަ މީހުންނަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ތިބުން އެމްޑީއޭއިން ކުށްވެރިކޮށްފި

ފާޙިޝް ވީޑިއޯތަކުން ފެންނަ މީހުންނަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ތިބުން އެމްޑީއޭއިން ކުށްވެރިކޮށްފި

ފާޙިޝް ވީޑިއޯތަކުން ފެންނަ މީހުންނަށް ފިޔަވަޅު ނާޅާ ނޭޅި މުޖުތަމަޢަށް ދޫކޮށްލުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ) އިން ކުށްވެރި ކޮށްފިއެވެ. އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކެއް މީސްމީޑިޔާގައި ޢާއްމު ވެފައި ވަނިކޮށް، އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީއެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކުން ފާހަގަވާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި މުޖުތަމަޢަށް އެމީހުން ދޫވެފައި ތިބި ތިބުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެމްޑީއޭއިން ބުނީ ލިވާތުގެ އަމ...

ސަނިއްޔާ އަބޫބަކުރު
މާޅެންދޫ ޒުވާނާ މަރާލުން: މަރުގެ އަދަބުން އެކަކު ސަލާމަތްވެއްޖެ

މާޅެންދޫ ޒުވާނާ މަރާލުން: މަރުގެ އަދަބުން އެކަކު ސަލާމަތްވެއްޖެ

މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރާލި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަދު މިރުޒާގެ އެއް ގާތިލަށް އޭނާގެ ބައްޕަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެ، 17 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން އަދަބު ކުޑަކޮށްފި އެވެ. ވިލިމާލޭގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ 2011 ވަނަ އަހަރު މިރުޒާ މަރާލި މައްސަލާގައި ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން މަރުގެ އަދަބުން ސަލާމަތްވީ ވ. […]

ހުސައިން ހަބީބް
ފޭކް ތައިރޮއިޑް ބޭސްތަކެއް ދައުރުވަމުންދާތީ ސަމާލުވާން އަންގައިފި

ފޭކް ތައިރޮއިޑް ބޭސްތަކެއް ދައުރުވަމުންދާތީ ސަމާލުވާން އަންގައިފި

ފޭކް ތައިރޮއިޑް ބޭސްތަކެއް ދައުރު ކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އިންޑިއާއިން ރިޕޯޓްކުރުމާ ގުޅިގެން، ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.  އެގޮތުން އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ޖެނެޓިކްސް އެލްއެލްޓީ ކުންފުނިން ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއ...

ސަނިއްޔާ އަބޫބަކުރު
ޖޯލި މޯލްޑިވްސްގެ އެހީގައި، އުނގޫފާރު ސްކޫލުގައި ބްރެއިން އައުޓް ޑޯ ޖިމެއް

ޖޯލި މޯލްޑިވްސްގެ އެހީގައި، އުނގޫފާރު ސްކޫލުގައި ބްރެއިން އައުޓް ޑޯ ޖިމެއް

“ބްރެއިން އައުޓް ޑޯ ޖިމް” އެއް ހިމެނޭހެން ރާއްޖޭގެ އެންމެ ބޮޑު “ރީޑިންގ ޕާކް” ރ. އުނގޫފާރު ސްކޫލްގައި ހުޅުވައިފިއެވެ. އުނގޫފާރު ސްކޫލުގައި މި ރީޑިންގ ޕާކު ހުޅުވާފައި ވަނީ ޖޯލި މޯލްޑިވްސްގެ އެހީތެރި ކަމާއެކުގައެވެ. ގާތްގަޑަކަށް ފަނަރަހާސް އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި އުނގޫފާރު ސްކޫލްގައި އަލަށް މި ޤާއިމު ކުރެވުނު ރީޑިންގ ޕާކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން އެކުދިންގެ އުނގެނުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ” ޒޮންޑޯ ޒޯން” ކިޔާ އައުޑް ޑޯ […]

ސަނިއްޔާ އަބޫބަކުރު
ފާހިޝް އަމަލުތައް ހިންގާ މީހުންނާއި ފަތުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް އަދާލަތުން ގޮވާލައިފި

ފާހިޝް އަމަލުތައް ހިންގާ މީހުންނާއި ފަތުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް އަދާލަތުން ގޮވާލައިފި

ހަޑިހުތުރު ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެފަދަ ޢަމަލުތައް ފަތުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ބުނާ ޙައްޤު އަދަބު ދިނުމަށް އަދާލަތު ޕާޓީ، (އޭޕީ) އިން ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޢަދާލަތު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފާހިޝް އަމަލުތައް ފެންނަ އެއްޗެހި ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީއާ އިން ދައުރު ކުރަމުން ގެންދިއުމަކީ ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް މުޖުތަމައ...

ސަނިއްޔާ އަބޫބަކުރު
ކޮތަރުކޮށި ޖަމިއްޔާއިން "ދީފަ އަތުލި ފްލެޓް ދަފްތަރު" އެކުލަވާލަނީ

ކޮތަރުކޮށި ޖަމިއްޔާއިން "ދީފަ އަތުލި ފްލެޓް ދަފްތަރު" އެކުލަވާލަނީ

ކޮތަރުކޮށި ޖަމިއްޔާއިން “ދީފަ އަތުލި ފްލެޓް ދަފްތަރު” ގެ ނަމުގައި ދަފްތަރެއް އެކުލަވާލަން ފަށައިފި އެވެ. އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާ ނުވަތަ ކޮތަރުކޮށި ޖަމިއްޔާއިން ބުނީ ދީފަ އަތުލި ފްލެޓް ދަފްތަރަކީ ‏ކުރީ ސަރުކާރުގައި ފްލެޓު ލިބި މިސަރުކާރުން އަތުލި މީހުންގެ މަޢުލޫމާތު އެއް ކުރުމަށް ހަދާ ދަފްތަރެއް ކަމަށެވެ. މި ދަފްތަރުގެ ބޭނުމަކީ ކުރިން ފްލެޓް ލިބި ފަހުން ނުލިބުނު ފަރާތްތައް އެއްތަންކޮށް އެކުއެކީ އެ ފްލެޓުތަކަށް ވަކާލާތު ކުރަން ފެށުން ކަމަށާއި އެހެން […]

ސަނިއްޔާ އަބޫބަކުރު
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ

އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ

ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ […]

އަލީ އާދިލް
ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެ އިމަޖެންސީގައި ފަރުވާ ދެނީ

ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެ އިމަޖެންސީގައި ފަރުވާ ދެނީ

ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގަ އެވެ. އެކްސިޑެންޓްގައިި ގެއްލުން ލިބިފައިވަނީ ބަސް […]

އިބްރާހިމް އަސްވާޤް
ރަނގަޅު ފެންވަރުގެ މުދައްރިސުން ނުލިބޭ މައްސަލައާ ގުޅޭ އެދުރުންގެ ފަންނު ރިޕޯޓު ނެރެފި

ރަނގަޅު ފެންވަރުގެ މުދައްރިސުން ނުލިބޭ މައްސަލައާ ގުޅޭ އެދުރުންގެ ފަންނު ރިޕޯޓު ނެރެފި

ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަނެ ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު “އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް” ޝާއިޢު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް، އެކަން އިޢުލާނު ކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާ...

ސަނިއްޔާ އަބޫބަކުރު
މަގު ހެދުމުގެ މަޝްރޫއު އަތުލީ ލާމަރުކަޒީ ޤާނޫނާއި، މާލިއްޔަތު ޤާނޫނާއި ޚިލާފަށް: މުޢިއްޒު

މަގު ހެދުމުގެ މަޝްރޫއު އަތުލީ ލާމަރުކަޒީ ޤާނޫނާއި، މާލިއްޔަތު ޤާނޫނާއި ޚިލާފަށް: މުޢިއްޒު

މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު ވަނީ އެ މަޝްރޫޢު ސިޓީ ކައުންސިލްގެ އަތުން އަތުލައި، އާރްޑީސީއާއި ބޮޑު އަގެއްގައި ހަވާލު ކުރުމަކީ ބޮޑު އިސްރާފެއްކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއ...

އަލީ އާދިލް
ކުޅުދުއްފުށީ ކޯޓުން ވަކިކުރި އެޑްމިނިސްޓްރޭޓަރާ އެކު އިތުރު ނުވަ މީހަކަށް އަލުން ވަޒީފާ

ކުޅުދުއްފުށީ ކޯޓުން ވަކިކުރި އެޑްމިނިސްޓްރޭޓަރާ އެކު އިތުރު ނުވަ މީހަކަށް އަލުން ވަޒީފާ

ހދ. ކުޅުދުއްފުށީ ކޯޓުގެ އެޑްމިިނިސްޓްރޭޓަރު ހިމެނޭގޮތަށް، އެ މަގާމުން ވަޒީފާއިން ވަކިކުރި 10 މީހަކަށް އަލުން ވަޒީފާދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބޭ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ވެސް ހިމެނެ އެވެ. ވަޒީފާއާބެހޭ […]

ހުސައިން ހަބީބް
ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި

ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއް...

ޔުމްނާ ޢަލީ